މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުން

އިޢުލާން

ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުން

މި ކުންފުންޏަށް ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކެއް ބޭނުންވެއެވެ. މި މަސައްކަތްތަށް ހަމަޖެހިފައިވާ އުޖޫރައަކީ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ.

ޝަރުޠު: މައިކްރޮސޮފްޓް  އޮފީސް ޕެކޭޖްތައް ރަނގަޅަށް  ބޭނުންކުރަން  އެނގުމާއެކު ފަރިތަކޮށް އިނގިރޭސި ބަހުން  ޓައިޕްކުރަން އެނގޭކަން ސާބިތުކޮށްދޭ ލިޔެކިއުން.

މަސައްކަތު ގަޑި: 8:00-16:00 ހޮނިހިރު - ބުރާސްފަތި

ކުރިމަތިލެވޭ ފަރާތްތައް: ކޮލެޖް/ ޔުނިވަރސިޓީގައި އުޅުއްވާ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިއުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި މަސައްކަތަށް އެދި ފޮނުވާ ސިޓީއާ ލިޔެކިޔުން 2016 ފެބުރުވަރީ 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރ ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ޑޭޓާ އެންޓްރީގެ މަސައްކަތަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:  ނަންބަރު 3009270 ނުވަތަ 3009271 އާއެވެ.

22 ރަބީޢުލްއާޚިރު 1437   

01 ފެބުރުވަރީ 2016
ހޯދާ