މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، އެޑްމިން ޔުނިޓް/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1.    ޑިޕާޓްމަންޓުގެ ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓު ތައްޔާރުކުރުން.

2.    ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުން.

3.    ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންގެ އޯވަރޓައިމްގެ ކަންތައްތައް ބަލަހައްޓައި އިތުރުގަޑީގެ ރިޕޯޓު ތައްޔާރުކުން.

4.    ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހާޒިރީއާއި، ސަލާމާއި، ޗުއްޓީގެ ރިކޯޑުތައް ބެލެހެއްޓުމާއި، މުސާރަ ޝީޓް ތައްޔާރުކުރުން.

5.     ޑިޕާޓްމަންޓްގެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި ކަންތައްތައް ކުރުން.

6.      ޑިޕާޓްމަންޓުގައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1.      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިޔުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއެއްގައި  4  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

2.      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިޔުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

3.      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 14 ފެބުރުވަރީ 2016 އާއި 18 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މިނިސްޓްރީ  އޮފް  އެޑިޔުކޭޝަނުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  މިނިސްޓްރީގެ  ވެބްސައިޓް  www.moe.gov.mv އިން  މި  ފޯމު  ޑައުންލޯޑް  ކުރެވެން  ވެސް  ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (މއ. އެދުރުހިޔާގެ 9 ވަނަ ފަންގިފިލާ) އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 10 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ  3341220 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

21 ރަބީޢުލްއާޚީރު 1437

31 ޖަނަވަރީ 2016
ހޯދާ