މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ރަށްރަށުގައި ގޭބިސީތަކަށް ޢާންމުކޮށް ކަރަންޓުގެ ޚިދުމަތްދިނުމުގެ އަގަށް ގެނެވުނު ބަދަލާ ބެހޭ

އިޢުލާން

ދިވެހިރާއްޖޭގެ ރަށްރަށުގައި ގޭބިސީތަކަށް ޢާންމުކޮށް ކަރަންޓުގެ ޚިދުމަތްދިނުމުގެ އަގަށް ގެނެވުނު ބަދަލާ ބެހޭ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުކޮށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ގޭބިސީތަކަށް (ޑޮމެސްޓިކް ކެޓަގަރީ) އަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އަގުތަކަށް 1 ފެބުރުވަރީ 2016 އިން ފެށިގެން ބަދަލު ގެންނަން މި އޮތޯރިޓީން ވަނީ ނިންމާފައެވެ.

ވީމާ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުކޮށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ގޭބިސީތަކަށް 1 ފެބުރުވަރީ 2016 އިން ފެށިގެން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް އެންމެ މަތިވެގެން ނެގޭނީ އަންނަނިވި އަގުތައް ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

1. މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި)

ގޭބިސީތައް (ޑޮމެސްޓިކް ކެޓަގަރީ)

ޔުނިޓަކަށް (ރުފިޔާ)

 ބޭންޑްތައް

2/10

ބޭންޑް 1 (0 ޔުނިޓުން 100 ޔުނިޓަށް)

2/20

ބޭންޑް 2 (101 ޔުނިޓުން 200 ޔުނިޓަށް)

2/35

ބޭންޑް 3 (201 ޔުނިޓުން 300 ޔުނިޓަށް)

2/70

ބޭންޑް 4 (301 ޔުނިޓުން 400 ޔުނިޓަށް)

3/35

ބޭންޑް 5 (401 ޔުނިޓުން 500 ޔުނިޓަށް)

3/95

ބޭންޑް 6 (501 ޔުނިޓުން 600 ޔުނިޓަށް)

4/25

ބޭންޑް 7 (600 ޔުނިޓުން މަތި)

ފިއުލް ސަރޗާޖް:

  • 400 ޔުނިޓުން ފެށިގެން ދަށަށް: ޑީސަލް ލީޓަރެއްގެ އަގު -/10 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10/- ލާރިއަކަށް، ޔުނިޓަކަށް 03/- ލާރި
  • 400 ޔުނިޓަށް ވުރެ މައްޗަށް: ޑީސަލް ލީޓަރެއްގެ އަގު -/8 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10/- ލާރިއަކަށް، ޔުނިޓަކަށް 03/- ލާރި

 

 

 

 

 

 

 

 

 

 

 

2. މާލެ ސަރަޙައްދުގެ ރަށްތައް (މާލެ، ހުޅުމާލެ، ވިލިނގިލި) ފިޔަވައި އެހެން ރަށްތައް

ގޭބިސީތައް (ޑޮމެސްޓިކް ކެޓަގަރީ)

ޔުނިޓަކަށް (ރުފިޔާ)

 ބޭންޑްތައް

-/3

ބޭންޑް 1 (0 ޔުނިޓުން 100 ޔުނިޓަށް)

3/30

ބޭންޑް 2 (101 ޔުނިޓުން 200 ޔުނިޓަށް)

3/40

ބޭންޑް 3 (201 ޔުނިޓުން 300 ޔުނިޓަށް)

3/50

ބޭންޑް 4 (301 ޔުނިޓުން 400 ޔުނިޓަށް)

5/50

ބޭންޑް 5 (400 ޔުނިޓުން މަތި)

ފިއުލް ސަރޗާޖް:

  • 400 ޔުނިޓުން ފެށިގެން ދަށަށް: ޑީސަލް ލީޓަރެއްގެ އަގު 10/75 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10/- ލާރިއަކަށް، ޔުނިޓަކަށް 03/- ލާރި
  • 400 ޔުނިޓަށް ވުރެ މައްޗަށް: ޑީސަލް ލީޓަރެއްގެ އަގު 8.50 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10/- ލާރިއަކަށް، ޔުނިޓަކަށް 03/- ލާރި

 

     

 

 

 

 

 

 

 

 

ގޭބިސީތަކަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގަށް މި ގެނެވުނު ބަދަލާ ގުޅިގެން ކަރަންޓުބިލަށް އަންނާނެ ބަދަލު ލަފާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އޮތޯރިޓީގެ ވެބްސައިޓްގައިވާ "ބިލް ކަލްކިއުލޭޓަރ" ބޭނުންކުރައްވައިގެން އެ މަޢުލޫމާތު ހޯއްދެވޭނެ ވާހަކަ ދަންނަވަމެވެ. "ބިލް ކަލްކިއުލޭޓަރ" ގެ ވެބް ޕޭޖުގެ ލިންކަކީ www.energy.gov.mv/bill.php އެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ