ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ ހިއުމަން ރިސޯސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސީނިއަރ އޮފިސަރ ހިއުމަން ރިސޯސް

މުސާރައާއި އެލަވަންސް:

މަހަކު -/10،650 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ހިއުމަން ރިސޯސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާއިން 12 (ބާރަ) އަހަރުދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ މުވައްޒަފުންގެ ތަމްރީނާއި ތަރައްޤީއަށްޓަކައި، އެކި ދާއިރާތަކުން  މުވައްޒަފުން ބިނާކުރުމަށް ހުޅުވިފައިވާ  ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ޓްރޭނިންގ ނީޑް އެނޭލިސިސް ހަދައި، ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުގެ ލަފާގެމަތިން، އަހަރީ ޓްރެއިނިންގ ރިކްވަރޔަމަންޓް އެކުލަވައިލައި އެއާ އެއްގޮތަށް ކުރުމުއްދަތާއި ދިގުމުއްދަތުގެ ޓްރެއިނިންގތަކުގައި މުވައްޒަފުން ބައިވެރިކޮށް، ޓްރެއިނިންގއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ކުންފުނިން ކަނޑައަޅާ މުއްދަތުތަކެއްގައި މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް، ޕަރފޯމަންސް އެޕްރައިޒަލާ ގުޅިގެން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ޕަރފޯމަންސް އެޕްރެއިޒަލާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ކަންތައް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ޕްރޮސެސްއާއި ޕްރޮސީޖަރ މެނުއަލް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާބެހޭ ސިޔާސަތުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  • ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އުފާވެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓްފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 7 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ