ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސީނިއަރ އޮފިސަރ

މުސާރަ އާއި އެލަވަންސް:

މަހަކު -/10،650 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާއިން 12 (ބާރަ) އަހަރުދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގައި ބަހައްޓާ ފައިސާއާއި ނަގާ ފައިސާގެ ތަފްސީލު ރިޕޯޓު، ކޮންމެ ހަފްތާއެއްގެ އާދީއްތަދުވަހު ޑިޕާޓްމަންޓް ހެޑަށް ހުށަހަޅައި ސޮއިކުރުވުމަށްފަހު، ފައިލްކޮށް ބެލެހެއްޓުން.
  • ކުންފުންޏަށް ބޭނުންވާ ޕެޓީކޭޝް ފައިސާއިން ކުރެވޭ ޚަރަދު ކުރެވެނީ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، ދަތިނުވާނެގޮތެއްގެމަތިން ޕެޓީކޭޝް ފައިސާ ހަމަކޮށް ބެހެއްޓުން.
  • ޕްރޮގްރާމް ޑިޕާޓްމަންޓުގެ ބޭނުންތަކުގައި ކުއްލިއަކަށް ކުރަންޖެހޭ އެއްގަމު ދަތުރުތައް ހަމަޖެއްސުމަށް ހަވާލުކުރެވިފައި ހުންނަ ޕެޓީކޭޝް ފައިސާ ޚަރަދުކުރެވޭގޮތް ބަލައި، ޤަވާއިދާ ޚިލާފަށް ޚަރަދެއް ކުރެވިފައިވާނަމަ، ޑިޕާޓްމަންޓުގެ ހެޑްގެ ލަފާގެމަތިން އެކަން ހަމަޖައްސައި، އެފަރާތަށް ދަތިނުވާނެ ގޮތުގެމަތިން ޕެޓީކޭޝް ހަމަޖައްސައި ބެލެހެއްޓުން.
  • އެކިފަރާތްތަކަށް ކުންފުނިން އިނާމުގެގޮތުގައި ދޭންޖެހޭ ފައިސާ، ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ދެމުންގެންދިޔުމާއި، އިނާމް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ފައިސާ ހަވާލުކުރުމުގައި ފައިސާ ލިބޭ ފަރާތްތަކުން ފައިސާ ބަލައި ނާންނަނަމަ، އެފަރާތްތަކާ ގުޅައިގެން ގިނަ ދުވަސްވަންދެން ނުބަހައްޓައި ހަވާލުކުރުން.
  • އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަދާ ވައުޗަރތަކުގައި ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި ޗެކްކުރުން.
  • އިންސިޑެންޝިއަލް ފޯމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ޕްރެޒެންޓަރުންގެ ރިކްއެސްޓްތައް ލިބުމުން އެންޓްރީކޮށް، ޑޮކިއުމަންޓް ހަމަކޮށް، ރިކްއެސްޓްގައި ސޮއިކުރުވުމަށްފަހު، ވައުޗަރ ހެދުމަށް ހަވާލުކުރުން.
  • ކުންފުނީގެ އެކިކަންކަމަށް ނެގިފައިވާ ރަޖިސްޓްރީތައް ބެލެހެއްޓުން.
  • ބޭންކް ބެލަންސާއި، ބަޖެޓް ބާކީ ބެލެހެއްޓުން.
  • ހުއްދަ ފޯމާއި ރިކްއެސްތައް ނެގުމަށްފަހު، އެންޓްރީ ހަދައި، ވެރިއަކު ލައްވާ ސޮއިކުރުވުމަށްފަހު، ރިކްއެސްޓް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށް، ހުއްދަ ފޯމުތައް އެންޓްރީކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައްހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓްފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓްފިކެޓް އެކްރެޑިޓްނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 7 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ