ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް އޮފިސަރ (ގްރޭޑް 3)

މުސާރައާއި އެލަވަންސް:

މަހަކު -/7،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ފައިނޭންސް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 ( ދޭއް ) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 4 ( ހަތަރު ) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުންޏަށް ލިބޭ އާމްދަނީ ފައިސާ ގަވާއިދުން ބަލައިގަތުން.
  • ދުވަހުން ދުވަހަށް ލިބޭ ފައިސާ ޖަމާކުރުން.
  • ކޮންމެ ދުވަހަކު ލިބޭ ފައިސާގެ ދުވަހު ހިސާބުގެ ތަފްޞީލު ޝީޓު އަޕްޑޭޓްކުރަމުން ގެންދިއުން.
  • ކޮންމެ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެ މަހެއްގައި ލިބުނު އާމްދަނީގެ ތަފްޞީލު، އެކައުންޓްސް ޔުނިޓަށް ދިނުން.
  • ކްރެޑިޓަށް ދެވޭ ޚިދުމަތްތަކަށް ބިލް ހަދަން ޖެހިއްޖެ ޙާލަތެއްގައި ބިލް ހަދާފައި ހަވާލުކުރުން.
  • މަސައްކަތާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ނިމުމުން، ލިޔެކިއުންތައް ފައިލްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓްނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2016  ފެބުރުވަރީ  7  ވަނަ  ދުވަހުގެ  15:00  ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ