ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް އޮފިސަރ

މުސާރައާއި އެލަވަންސް:

މަހަކު -/8،400 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ފައިނޭންސް

މަޤާމުގެ ޝަރުޠު:

ގުޅޭ  ދާއިރާއިން  ޑިޕްލޮމާއެއް  އޮތުން،  ނުވަތަ  ޖީސީއީ އޭލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކިފަރާތްތަކަށް ކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ހަދަންޖެހޭ ވައުޗަރާއި ޗެކް ގަވާއިދުން ހަދައި، ހޯދަންޖެހޭ ހުއްދަ ހޯދައި ނިންމުން.
  • ވައުޗަރުތަކަށް ބޭނުންވާ ފައިސާ ދޭންޖެހޭކަމުގެ އަސްލު ލިޔުންތައް ހޯދައި ހަމަކޮށް (އޯސީ، ރިކުއެސްޓް ފޯމް، މުދަލަށް އޯޑަރުކުރާ ފޯމް، އިންވޮއިސް، ފައިސާ ޚަރަދުކުރުމަށްޓަކައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމާއި އެއްބަސްވުންފަދަ ލިޔުންތައް) ޗެކްކޮށް، އެ ލިޔުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ސޮއިކުރުވާފައި ހުރިތޯ ބަލައި، އެއްވެސް ލިޔުމެއް ފުރިހަމަނުވާނަމަ، ފުރިހަމަނުވާކަމެއް ރަނގަޅުކުރުވައި، ދޭންޖެހޭ ފައިސާއަށް އުނިއިތުރެއް ނުވަތަ ޖޫރިމަނާއެއް ވާނަމަ، އެކަން ފާހަގަކޮށް، ޑިޕާޓްމަންޓް ހެޑްގެ ލަފާގެމިތިން އެކަން ހަމަޖެއްސުން.
  • މުވައްޒަފުންގެ މުސާރަ ގަވާއިދުން ދިނުމަށްޓަކައި އެޗް.އާރުން ލިބޭ މައުލޫމާތުތަކާއި ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުން.
  • ޑިޕާޓްމަންޓަށް ލިބޭ ބިލްތަކުގެ ޖީ.އެސް.ޓީ ކޮންމެ މަހެއް ނިމުމުން ނަގައި، އެކައުންޓްސް ޔުނިޓާ ހވާލުކުރުން.
  • ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ބިލްތައް ޕީވީ ހެދުމަށްފަހު ފޮނުވުމާއި، ސޮފްޓްވެއަރއަށް އެންޓަރކުރުން.
  • ޕްރޮގްރާމް ޑިޕާޓްމަންޓުން ފޮނުވާ ޕްރޮގްރާމް ޕްރޮޕޯސަލްތައް ލިބުމުން، އެއާ ހަވާލުވެ، އޭގެ ޚަރަދު ހިގަންފެށުމުން، ބަޖެޓް ސުޕަވައިޒުކުރަމުން ގެންދިއުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި، އާވިސްނުންތައްހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓްނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 7 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ