ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮންލައިން މީޑިއާ ޕާޓްނަރ

އިޢުލާން

ތިލަފުށި ކޯޕަރޭޝަނުން ޢާންމުކޮށް ކުރާ އޢުލާންތައް އޮންލައިންކޮށް 1 އަހަރުދުވަހުގެ މުއްދަތަށް ޖަހައިދޭނެ މީޑިއާ ޕާޓްނަރެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

4 ފެބުރުވަރީ 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

09 ފެބުރުވަރީ 2016

10:30 ގައި

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ޕްރޮޕޯޒަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯޒަލްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޕްރީބޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

22 ރަބީޢުލްއާޚިރު 437

ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3307513 ، 3307515  ފެކްސް: 3307514

01 ފެބުރުވަރީ 2016
ހޯދާ