ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހދ.ހަނިމާދޫ އެއާރޕޯރޓުގައި ހުރި ފިއުލްޓޭންކުގެ ބުޑު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ.ހަނިމާދޫ އެއަރޕޯޓުގައި ހުރި ފިއުލްޓޭންކުގެ ބުޑު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނިން ދޭ ކުރެހުމާއި އަދި ބިއޯކިއުއާ އެއްގޮތަށް، ހދ.ހަނިމާދޫ އެއާރޕޯޓު ފިއުލްޓޭންކުގެ ބުޑު މަރާމަތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2016 ފެބުރުވަރީ 07 ވާ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ފެބުރުވަރީ 07 ވާ ދުވަހު އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ފެބުރުވަރީ 08 ވަނަ ދުވަހު 09:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑު އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ފެބުރުވަރީ 14 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.

ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 21 ވަނަ ދުވަހު 09:00 ގައި އެސް.ޓީ.އޯ ހެޑު އޮފީހުގައެވެ.            

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344545, 3344196

ފެކްސް: 3344633

އީމެއިލް: [email protected]

18 ރަބީޢުލްއާޚިރު 1437

 

28 ޖަނަވަރީ 2016
ހޯދާ