ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް ރެޕްރެޒެންޓޭޓިވުން ބޭނުންވެއްޖެ

މަޤާމް :ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :2

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1

ޢަދަދު: 02

އަސާސީ މުސާރަ:-/4350ރ އާއި -/5100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި، ހަމަޖައްސައިދެވޭނެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓުމަންޓު: އެސްޓީއޯ މެޑިކަލް ވެއަރހައުސް

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކުނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
  • ޕެންޝަން  

 މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ބަލައިގަތުމާއި މުދާ ދޫކުރުން
  • މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބެލުން
  • ކަސްޓަަމަރުންގެ ރިކުއެސްޓްތަކަށް ދުވަހުން ދުވަހަށް އެޓެންޑްވުން

 ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލްގެ 3 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ އެހެނިހެން ކަންކަން:

  • ގިނަވަގުތު މަސަައްކަތުގައި އުޅެވުން.
  • މެޑިކަލް ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 02 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 3344179/  ފެކުސް: 3344041، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]

16 ރަބީޢުލްއާޚިރު 1437

 

26 ޖަނަވަރީ 2016
ހޯދާ