މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2 ވަނަ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ގެ ފީލްޑް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން 2 ވަނަ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭގެ ފީލްޑް މަސައްކަތް (ޑޭޓާ ކަލެކްޝަންސް އަދި ބައިލޮޖިކަލް ސާމްޕަލް ކަލެކްޝަން) ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ފެބުރުވަރީ 07 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3014457 ފޯނާ ގުޅުއްވުން އެދެމެވެ. 

18 ރަބީޢުލްއާޚިރު 1437
28 ޖަނަވަރީ 2016
ހޯދާ