ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިނެއް ގަތުމަށް

އިޢުލާން

ކްރިމިނަލް ކޯޓަށް ފޮޓޯކޮޕީމެޝިނެއް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ފޮޓޯކޮޕީމެޝިން ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 04 ވަނަ ދުވަހުގެ 10:30 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7668281 ނަންބަރާ ގުޅުއްވުން އެދެމެވެ.

15 ރަބީޢުލްއާޚިރު 1437

26 ޖަނަވަރީ 2016
ހޯދާ