މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ބަރުދަން އުފުލޭ ޕަވަރގޭޓް ޕިކަޕެއް ގަތުމަށް

އިޢުލާން

1.5 ޓަނުގެ ބަރުދަން އުފުލޭ ޕަވަރގޭޓް ޕިކަޕެއް ގަތުމަށް

ކުނި އުކާލުމުގެ މަސައްކަތްކުރުމަށާ، ކައުންސިލްގެ ބޭނުންތަކުގައި ބޭނުންކުރުމަށް 1.5 ޓަނު ބަރުދަން އުފުލޭ ޕަވަރގޭޓް ޕިކަޕެއް ގަތުމަށް ވަނީ ބޭނުންވެފައެވެ.

ބޭނުންވާ މަޢުލޫމާތު:

1- ބަރުދަން: 1.5 ޓަނު

2- ގިއަރ ބޮކްސް: މެނުއަލް

3. ހަކަތަ: ޑީސަލް

ޕިކަޕު މިއިދާރާއަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޕިކަޕް މިއޮފީހަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިއިދާރާގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ