ދިވެހިރާއްޖެ
މަޤާމް :މީޑިއާ ކޮންސަލްޓަންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން މީޑިއާ ކޮންސަލްޓަންޓް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގއާއި އިންފްރާސްޓްރަކްޗަރއާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މެންޑޭޓްކުރެވިފައިވާ މިނިސްޓްރީއެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި މިނިސްޓްރީން ކުރާ މަސައްކަތްތައް ފުޅާވެފައިވުމާއެކު، މިނިސްޓްރީން ކުރާ ކަންތައްތަކުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭން ބޭނުންވެއެވެ. އެހެންކަމުން، އާންމުންނާއި މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހިކޮށް މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް މީޑިއާ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. މަޤާމުގެ ޝަރުޠު:
މަޤާމުގެ މަސްއޫލިއްޔަތު:
އަސާސީ މުސާރަ: ދެފަރާތް އެއްބަސްވާގޮތެއްގެމަތިން މުސާރަ ހަމަޖެއްސޭނެއެވެ. ސުންގަޑި: މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 8 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައި ބަޔާންވެފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުވައިދިނުން އެދެމެވެ. އެޕްލިކޭޝަނާއެކު، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައްވެސް ހިމަނައިދިނުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރު) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަނާއި ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ ފޯން: 3004300 ފެކްސް: 3004301 އީމެއިލް: [email protected] ވެބްސައިޓް: www.housing.gov.mv އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004343 ނަންބަރު ފޯނަށް ނުވަތަ 3004340 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އަދި [email protected] އަށް މެއިލްކުރުން އެދެމެވެ. 16 ރަބީޢުލްއާޚިރު 1437 |