ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތަށް ހުށަހެޅި ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ 04/IUL)MUH-01/1/2016) ނަންބަރު އިޢުލާނުގެ ބިޑް ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
03 ފެބްރުއަރީ 2016 ވާ ބުދަ ދުވަހު 10:30 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
09 ފެބްރުއަރީ 2016 ވާ އަންގާރަ ދުވަހު 10.30 ގައި |
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.