މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުދި މަސައްކަތާ ޚިދުމަތްދޭ ފަރާތްތައް ދަފްތަރު ކުރުމަށް ބޭނުންވެއްޖެ

ކުދި މަސައްކަތާ ޚިދުމަތް ދޭ ފަރާތްތައް ދަފުތަރުގައި ބައިވެރިވުމުގެ ފުރުޞަތު

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގައި ކުރަންޖެހޭ -/25000 ރުފިޔާއިން ދަށުގެ ޚިދުމަތާއި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން މި މިނިސްޓްރީގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މިކަމަށް އެދޭ ފޯމު ރިޝެޕްޝަނުން ނެންގެމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފޯމު ދޫކުރުން

ފޯމު ހުށަހެޅުމަށް

31 ޖަނަވަރީ 2016 އިން 04 ފެބުރުވަރީ 2016 އަށް

07 ފެބުރުވަރީ 2016 (އާދީއްތަ) ދުވަހުގެ 14:00 އަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

26 ޖަނަވަރީ 2016
ހޯދާ