ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްމާޓް ކާޑް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް Mifare Smart Card  ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު MNU-CA-FNP/2015/552 އަށް ދެ ފަރާތުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

Mifare Smart Card  

Qty: 500 cards   

ވީމާ، މަތީގައި އެވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

18 ރަބީޢުލްއާޚިރު 1437

24 ޖަނަވަރީ 2016
ހޯދާ