މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރު:  TF019383

އައި.ސީ.ޓީ އިކުޔިޕްމަންޓް ހޯދުން - ރިޓެންޑަރ

އައި.އެފް.ބީ ނަންބަރު: 004/TF019383

 1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވައިލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނުއެހީއިން އައި.ސީ.ޓީ އިކުޔިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL) 438/438/2015/314 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ އައި.ސީ.ޓީ އިކުޔިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ލޮޓް 1: 03 ލެޕްޓޮޕް

06 ކޮމްޕިއުޓަރ ސިސްޓަމް

ލޮޓް 2: 01 ޓީވީ

ލޮޓް 3: 01 ލޭޒަރ ޕްރިންޓަރ

01 ސްކޭނަރ

ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތުގެ ބީލަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވާރލްޑް ބޭންކުގެ ޕްރޮކިޔުމަންޓް އަންޑަރ އައި.ބީ.އާރު.ޑީ އެންޑް އައި.ޑީ.އޭ ކްރެޑިޓްސް އެންޑް ގްރާންޓްސް ބައި ވާރލްޑް ބޭންކް ބޮރޮވާރސް (ޖަނަވަރީ 2011)ގެ ގައިޑްލައިންސާ އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މި ގައިޑްލައިންސްގައި ބަޔާންކޮށްފައިވާ އެލިޖިބަލް ސޯރސް ކަންޓްރީސްގެ ތެރޭގައި ހިމެނޭ ފަރާތްތަކަށެވެ.

4. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2016 ފެބުރުވަރީ 15 ވަނަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. ބީލަން ފޮތްތައް ސޮފްޓް ކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 419 3018 960+  ފެކްސް: 301 3018 960+

އީ މެއިލް: [email protected]

 5. މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެވެ.

 6. މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަންތަކުގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 91 (ނުވަދިހަ އެކެއް) ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 7. މި ޕްރޮޖެކްޓުގެ ބީލަންތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:

  • ފާއިތުވި 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މިޕްރޮޖެކްޓާ އެއްވަރުގެ އެހެން މަސައްކަތެއް ކޮށްފައިވުން
  • މިމަސައްކަތަށް ކަނޑައެޅޭ މުއްދަތުގެ ތެރޭ މިމަސައްކަތް ނިންމޭނެވަރުގެ ފައިނޭންޝަލް ކެޕޭސިޓީ ހުރުން

މިއާ ގުޅޭ އިތުރު މަޢުލޫމާތު ބިޑް ޑޮކިޔުމަންޓްގައި އެކުލެވިގެންވާނެއެވެ.

 8. މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

26 ޖަނަވަރީ 2016
ހޯދާ