މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކުރުން

އިޢުލާން

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކުރުން

ޤާނޫނު ނަމްބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް 30 ޖޫން 2016 ގެ ކުރިން ތައްޔާރުކުރަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ފެބުރުވަރީ 2016 ގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބުރުވަރީ 2016 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަސައްކަތާއި ޒިންމާތައް:

1- ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލަށް ބޭނުންވާ މަޢުލޫމާތާއި ޓެކްނިކަލް އެހީ ކަމާބެހޭ ފަރާތްތަކުން ހޯދައި، ގަވާއިދުތަކާއި އުސޫލުތައް ލިޔެ ފައިނަލް ޑްރާފްޓް މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ހިއްސާކުރެއްވުމަށްފަހު ލިބިލައްވާ ޚިޔާލު (ކޮމެންޓް) ތަކާއެކު ފައިނަލް ކުރެވިފައިވާ ގަވާއިދާއި އުސޫލުތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލަކަށްވުން ނުވަތަ އެފަދަ ވަކީލުން މަސައްކަތް ކުރާ ލޯ ފާމަކަށް ވުން.  
  • ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަކީލަކު ޓީމުގައި ނުވަތަ ލޯ ފާމުގައި ހިމެނުން.
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޤަބޫލުކުރާ މެޑިކަލް ޑޮކްޓަރެއް ނުވަތަ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ޤަބޫލުކުރާ ނަރުހެއް ޓީމުގައި ނުވަތަ ލޯ ފާމުގައި މަސައްކަތް ކުރުމަށް ހިމެނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ގަވާއިދާއި އުސޫލުތައް ހަދާނެ ގޮތުގެ ޕްރޮޕޯޒަލް ޓައިމްލައިނާއެކު ހުށަހެޅުން.
  • ގަވާއިދާއި އުސޫލުތައް ހަދާ ފަރާތްތަކުގެ ސީވީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ގަވާއިދާއި އުސޫލުތައް ހަދާ ފަރާތްތަކުގެ އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިނިސްޓްރީ އޮފް ހެލްތުގެ ފޯން: 3014426

16 ރަބީޢުލްއާޚިރު 1437
26 ޖަނަވަރީ 2016
ހޯދާ