ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލަކުޑި ޕާޓިޝަނާއި ބިއްލޫރި ޕާޓިޝަން ޖަހަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީން ދައްކާ ނަމޫނާއާ އެއްގޮތަށް ހ. އޯކިޑްގޭގެ 3 ވަނަ ފަންގިފިލާގައި ލަކުޑި ޕާޓިޝަނާއި ބިއްލޫރި ޕާޓިޝަން ޖަހަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014105 ނުވަތަ 3014119 ފޯނަށް ގުޅުއްވުން އެދެމެވެ.

      16 ރަބީޢުލްއާޚިރު 1437

27 ޖަނަވަރީ 2016
ހޯދާ