މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި އޮތޯރިޓީއަށް ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޑިރެކްޓަރ، އެޑިއުކޭޝަން އެންޑް އެވެއަރނަސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / އެޑިއުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން

އަސާސީ މުސާރަ:

-/12,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ލިވިންގ އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/145 ރުފިޔާގެ ރޭޓުން.

- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/235 ރުފިޔާގެ ރޭޓުން.

- ސަރވިސް އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/250 ރުފިޔާގެ ރޭޓުން.

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު

މަސްއޫލިއްޔަތު:

އޮތޯރިޓީގެ މާކެޓިންގ ޕްލޭން ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މީރާއިން ހިންގާ ސީ. އެސް. އާރު ހަރަކާތްތައް ރާވައި ހިންގުމާއި، އާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް  ޓެކުހާބެހޭ  މައުލޫމާތު  ދިނުމަށް  ސެމިނަރތަކާއި،  ތަމްރީނު  ޕްރޮގްރާމްތައް  މާލެއާއި އަތޮޅުތެރޭގައި ރާވައި އެ މަސައްކަތްތައް ހިންގައި ބަލަހައްޓައި، މީރާގެ ޓްރޭނަރުން ޓެކްސްތަކަށް ތަމްރީނުކުރުމަށް ޓްރޭނިންގތައް ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:

އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ އޭ. ސީ. ސީ. އޭ. ނުވަތަ ސީ. އައި. އެމް. އޭ. މެމްބަރޝިޕް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

އެސިސްޓަންޓް އޮފިސަރ، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / އެޑިއުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން / މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ލިވިންގ އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން.

- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން.

- ސަރވިސް އެލަވަންސް: ގަވާއިދުގައިވާގޮތުގެމަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން.

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ މާކެޓިންގގައި ބޭނުންކުރާ ތަކެތި ޑިޒައިންކުރުމާއި، އެނިމޭޝަންގެ މަސައްކަތް ކުރުމާއި، އޮތޯރިޓީގެ މާކެޓިންގ ޕްލޭން ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް ލިބިފައިވުމާއި، އޯލެވެލް 'އިނގިރޭސި' އާއި އެސް. އެސް. ސީ. އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

- އެޑޯބް، ކޮރަލްޑްރޯ، އަދި މި ނޫންވެސް މިފަދަ ޑިޒައިނިންގ ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ

އެހެނިހެން ޝަރުޠުތައް:

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކުކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތް ގުޅުމެއްހުރި ފަރާތެއްކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ކަރިކިއުލަމް ވިޓާ (ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް/ ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި، މަސައްކަތާ ގުޅޭ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

ސުންގަޑި:

މި  މަޤާމުތަކަށް  ޝައުޤުވެރިވާ ފަރާތްތަކުން،  2016  ފެބުރުވަރީ  4  ގެ  16:00  ގެ  ކުރިން،  މޯލްޑިވްސް  އިންލަންޑް  ރެވެނިއު  އޮތޯރިޓީގެ  ވަޒީފާއަށް  އެދޭ  ފޯމާއެކު،  ތިރީގައިވާ  އެޑްރެހަށް  އެޕްލިކޭޝަން  ހުށަހެޅުން  އެދެމެވެ. ވަޒީފާއަށް  އެދޭ  ފޯމު،  މި  އޮތޯރިޓީގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  މި  އޮތޯރިޓީގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެން  ވެސް  ހުންނާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

15 ރަބީޢުލްއާޚިރު 1437 

26 ޖަނަވަރީ 2016
ހޯދާ