ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އެސޯސިއޭޝަނުގެ ބޭނުމަށް ތިރީގައިވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް: ހެޑްކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: ޤައުމީ ނެޓްބޯލް ޓީމް

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު

- ނެޓްބޯލް ކޯޗިންގ ކޯސް ލެވެލް 1 ފުރިހަމަކޮށްފައިވުން.

- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއެކު، ވާހަކަދައްކަން އެނގުން.

- ނެޓްބޯލް ކޯޗިންގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިހާރުވެސް މި ދާއިރާގައި ހަރަކާތްތެރިވެއުޅޭ ފަރާތަކަށްވުން.

- އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

މަޤާމް: އެސިސްޓެންޓް ކޯޗް

ކޯޗުކޮށްދޭނެ އުމުރުފުރާ: ޤައުމީ ނެޓްބޯލް ޓީމް

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން

މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް.

ފެންވަރު ނުވަތަ ޝަރުޠު:

- ނެޓްބޯލް ކޯޗިންގ ކޯސް ލެވެލް 1 ފުރިހަމަކޮށްފައިވުން.

- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއެކު، ވާހަކަދައްކަން އެނގުން.

- ނެޓްބޯލް ކޯޗިންގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާލިބިފައިވުމާއެކު، މިހާރުވެސް މި ދާއިރާގައި ހަރަކާތްތެރިވެއުޅޭ ފަރާތަކަށްވުން.

- އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

- ހެޑްކޯޗް ނެތް ޙާލަތްތަކުގައި ހެޑްކޯޗުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަންހުރި މީހަކަށްވުން.

ސުންގަޑި:

މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށް، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 7776783 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1437

24 ޖަނަވަރީ 2016
ހޯދާ