ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

ވ. އަތޮޅު މަދަރުސާ

ސެކްޝަން:

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ވ. އަތޮޅު މަދަރުސާ / ވ. ފުލިދޫ

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

- މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުންތައް ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އިދާރާއަށް ބޭނުންވާ މަޤާމުތައް އުފެއްދުމާއި، އެ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަންކުރުން.

- އިދާރާގެ މަޤާމުތަކުގެ ރަޖިސްޓްރީއާއި މުވައްޒަފުންގެ ރަޖިސްޓްރީ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، މަސައްކަތު ފެންވަރު ބެލުމުގައި ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ކުރުން.

- މުވައްޒަފުންގެ ޗުއްޓީއާއި ސަލާމާ ގުޅޭ އެންމެހައި ކަންކަމާއި، ޗުއްޓީއާއި، ސަލާމުގެ ރެކޯޑުތައް ލިޔެ ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- އިދާރާގެ "އޭ" ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

- އިދާރާއަށް ލިބޭ އެންމެހައި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ސެކްޝަންތަކާ ހަވާލުކުރުމާއި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ މުޢާމަލާތުކުރުން.

- އިދާރާގެ ސްޓޮކް ލިޔެ ބެލެހެއްޓުމާއި، ޕޯސްޓާ ގުޅޭ ކަންކަން ކުރުން.

- އިދާރާ ހުޅުވައި ބަންދުކުރުމާ ގުޅޭ ކަންކަން ކުރުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

- ލިބިފައިވާ ހުނަރު.

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

2016 ފެބުރުވަރީ 1 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ވ. އަތޮޅު މަދަރުސާގެ އިދާރާއަށެވެ. މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ވ. އަތޮޅު މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހަށްވުރެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަވިއުއާއި އިމްތިޙާނު

އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިޔު ކުރުން އޮންނާނީ، 2016 ފެބުރުވަރީ 1 ވަނަ ދުވަހުގެރޭ 20:00 ގައި ވ. އަތޮޅު މަދަރުސާގައެވެ. އިންޓަވިޔުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9747475 ނަންބަރު ފޯނަށް ނުވަތަ 6700025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ