ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާލެއާއި ހުރިހާ ރަށްރަށުގެ ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނެގުމާބެހޭ

އިޢުލާން    

މި ކުންފުނިން އާންމު ދިރިއުޅުމަށް ދޫކުރާ ކަރަންޓު ޚިދުމަތުގެ އަގަށް 2016 ފެބުރުވަރީ 01 އިން ފެށިގެން ބަދަލު ގެންނަ ގޮތަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހަމަޖެއްސެވުމާއި ގުޅިގެން 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހު މި ކުންފުނިން ޚިދުމަތް ދޭ މާލެއާއި ހުރިހާ ރަށްރަށުގެ ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ވީމާ، މި ކުންފުނީގެ މުވައްޒަފުން ރީޑިންގ ނެގުމުގެ މަސައްކަތުގައި ގޭގެއަށް ދާއިރު މީޓަރުތައް ހުންނަ ތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާފައި ބެހެއްޓުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މި މަސައްކަތް އެދުވަހު ނިންމާލުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ވެދެއްވުމަކީ މި ކުންފުނި އިލްތިމާސް ކުރާ ކަމެކެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

16 ރަބީޢުލްއާޚިރު 1437

 

27 ޖަނަވަރީ 2016
ހޯދާ