މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިވިޖުއަލް ކޮންސަލްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވަރލްޑް  ބޭންކުގެ  އެހީގައި  ދިވެހި  ސަރުކާރުން  ތަންފީޒުކުރާ  އެންހޭންސިންގ  އެޑިއުކޭޝަން  ޑިވެލޮޕްމަންޓް  ޕްރޮޖެކްޓުގެ  ދަށުން  މިނިސްޓްރީ  އޮފް  އެޑިޔުކޭޝަނުން  ކުރިއަށްގެންދާ  ނެޝަނަލް  އެސެސްމަންޓް  އޮފް  ލާރނިންގ  އައުޓްކަމްސް  ކޮމްޕޯނަންޓަށް  ޑޭޓާ  އެނަލިސިސް  ހަދައި،  ރިޕޯޓް  ތައްޔާރުކޮށްދޭނެ  ފަރާތެއް  ހޯދުމަށް  7  ޑިސެންބަރު  2015  ގައި  ކުރި  އިޢުލާނަށް (އިޢުލާން  ނަންބަރު  IUL)22-E/1/2015/398 އަށް)  ކުރިމަތިލާފައިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ޑޮކިއުމަންޓްތައް  އިޢުލާނުގައިވާގޮތަށް  ހުށަހަޅާފައިނުވާތީ،  އެ  އިޢުލާނު  ބާޠިލުކޮށް،  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމް: އިންޑިވިޖުއަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: 5 މަސްދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.  

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް"ގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ގެ 14:00 ގެ ކުރިން  އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3341319 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.       

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  4. ވެލިޑޭޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅާ އެޕްލިކޭޝަން އެޑްރެސްކުރާނީ، ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ. އެސް. ޔޫ)،

      ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

       މާލެ، ދިވެހިރާއްޖެ

       ފޯން: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން: 

މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނާއި، އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖަނަވަރީ 2011" ގައިވާގޮތުގެ މަތިންނެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު: 

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ  3341319 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

10 ރަބީޢުލްއާޚީރު 1437

20 ޖަނަވަރީ 2016
ހޯދާ