އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރގެ މަގާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:       ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގެ މުވައްޒަފުންގެ ދުވަހުން ދުވަހަށް ޙައްލުކުރަންޖެހޭ މައްސަލަތަކާއި، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަސައްކަތް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ކަންކަން ރާވައި، ތަރުތީބުކޮށް ހިންގުން.
  3.  މުޅި މުއައްސަސާއަށް މިހާރުން މިހާރަށް ކުރިމަގަށް ވިސްނައިގެން އިތުރަށް ތަރައްޤީކުރަން މަސައްކަތްކުރުން.
  4. މި ހޮސްޕިޓަލުގެ މުވައްޒަފުންގެ ކައުންސިލިންގ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުން.
  5. ހޮސްޕިޓަލުގެ ތަޞައްވުރަށް އިންސާނީ ވަސީލަތް ބިނާކުރުމާއި، މުވައްޒަފުން ހޯދުމަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ

 

 

 

1. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ނުވަތަ ހެލްތު ސަރވިސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހޮސްޕިޓަލް މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ނުވަތަ ހެލްތު ސަރވިސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހޮސްޕިޓަލް މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ނުވަތަ ހެލްތު ސަރވިސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހޮސްޕިޓަލް މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4. 100 އަށްވުރެ ގިނަ މުވައްޒަފުން 5 އަަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ބަލަހައްޓާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

1. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި އިތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓުގެ ކޮޕީ)

4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓު  ހުށަހަޅަންވާނެއެވެ.

6. ވަޒީފާއަށް  ކުރިމަތިލާ   ފަރާތުގެ    ވަނަވަރު ( ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސުންގަޑި

- 2016 ފެބުރުވަރީ 2 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

- 2016 ފެބުރުވަރީ 02 ވާ އަންގާރަ ދުވަހުގެ 13:30 ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި، ފޯމު ދޫކުރުން

 ވަޒީފާއަށް އެދޭ ފޯމު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3335234 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2016 ވަނަ އަހަރުގެ ފެބުރުވަރީމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

10 ރަބީޢުލްއާޚިރު 1437

 

 

21 ޖަނަވަރީ 2016
ހޯދާ