މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުގެ ދަށުން މީހުން ހޯދުން

މަޤާމް :ވޭޖް އެމްޕްލޯއިމަންޓް
ބޭނުންވާ އަދަދު :14

މާލޭގެ އިމާރާތްތަކުގައި ސަލާމަތީ ކަންތައްތައް ހުރީ "ޕްލޭނިންގ ރެގިއުލޭޝަން" އާ އެއްގޮތްތޯ ބެލުމަށް ފަށާފައިވާ ޕްރޮގްރާމުގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަކާއި މާލޭގެ ގެތަކަށް ޒިޔާރަތްކޮށް ސަރވޭ ކުރުމަށް ވޭޖް އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން މީހުން ހޯދުމަށް ބޭނުންވެއެވެ.

މުއްދަތު

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

މުސާރަ

ބޭނުންވާ އަދަދު

01 މަސް ދުވަހަށް (ކޮންމެ މަހަކުން ކޮންޓްރެކްޓް އާކުރެވޭނެ)

ހެނދުނު 08:00 ން ހަވީރު 05:00 އަށް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

14

ފެންވަރު ނުވަތަ ޝަރުޠު                      

  1. ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340، 3004343 އަށް ގުޅުއްވުން އެދެމެވެ.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަރވިއު ބޭއްވޭނެ މުއްދަތު:

  • ފެބުރުވަރީ 2016 މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016
ހޯދާ