ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ- ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީގެ ނަންބަރު: IUL)221-AF/221/2016/1) އިޢުލާން ބާޠިލުކޮށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ޑިރެކްޓަރ- ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: EX1

އަސާސީ މުސާރަ: -/8,835 ރ

ސަރވިސް އެލަވަންސް: -/2,000 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ ޝަރުޠުތައް:

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ޕްލޭނިންގ އަދި ޕްރޮޖެކްޓް ޔުނިޓް ބެލެހެއްޓުމާއި ދެ ޔުނިޓުގެ މަސައްކަތުގެ ދާއިރާއިން މެނެޖީރިއަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  • ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ، ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމުގެ ގޮތުން ކުރާ އެންމެހައި މުޢާމަލާތްތައް ވިލަރެސްކޮށް އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރުން.
  • ސަރުކާރާއި އެހީދޭ ފަރާތްތަކުން ހިންގާ މަޝްރޫޢުތަކާއި ޕްލޭންތައް އެކުލަވައިލުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ހިމެނުމަށް އެހީތެރިވުމާއި ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ލާމަރުކަޒީ ނިޒާމު ހިންގުމާއި އެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އޮނިގަނޑުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުން.
  • އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާއި އަދި ކައުންސިލްތައް މޮނީޓަރ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކުރިޔަށް އޮތް އަހަރަށް އޮފީހުން ކަނޑައަޅާ ޕްރޮގްރާމްތަކަށް ލަފާކުރާ ބަޖެޓާއި މަސައްކަތު ތާވަލު  ތައްޔާރުކުރުން.
  • ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

އުޖޫރަޔާއި ޢިނާޔަތްތައް:

 

 

  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4000 (ހަތަރުހާސް) ރުފިޔާ ދެވޭނެއެވެ. 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
  • ހަދާފައިވާ އެހެނިހެން ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (އެޓެސްޓްކުރެވިފައިވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 03 ފެބުރުއަރީ 2016 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓް ލިސްޓު ކުރެވޭ 10 ފަރާތަކާ އެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 އަދި 3013115 އިން ސާފުވާނެއެވެ.

 

 

 

25 ޖަނަވަރީ 2016
ހޯދާ