މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން: މުޙްޔިއްދީން ސްކޫލު، މާލެ

ދާއިރާ: އިދާރީ  

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުން ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނދެއް ހާސިލުކޮށްފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

މުސާރައާއި އިނާޔަތްތައް

މަޤާމުގެ އަސާސީ މުސާރަ: -/3،470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލެވަންސް: -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1- މި  ސްކޫލްގެ  އެކިއެކި  ފަރާތްތަކަށް  ރައްދުކުރަންޖެހޭ  ސިޓީއާއި  މެސެޖްފަދަ  ލިޔުންތައް،  ރައްދުކުރަންޖެހޭ  ފަރާތްތަކަށް  ލިޔުންތައް  ހަވާލުކުރާތާ  ލަސްވެގެން  2  ގަޑިއިރުގެ  ތެރޭގައި  ހަވާލުކޮށް  ނިންމުން.

2- ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާޗޭސް އޯޑަރު ފޯމު ދިނުމުން، އެ ތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމް ފޯމު ހަވާލުކުރާ ދުވަހު، ތަކެއްޗައް ދަތިނުވާނޭގޮތަށް ސްކޫލަށް ގެނައުން.

3- ސްކޫލަށް ލިބޭ ބިލުތަކަށް ދައްކަންޖެހޭ ފައިސާ ބަޖެޓް ސެކްޝަނުން ހަވާލުކުރާތާ ލަސްވެގެން 3 ގަޑިއިރުގެ ތެރޭގައި ހަވާލުކޮށް ނިންމުން.

4- މަސައްކަތު  މީހުންގެ  މަސައްކަތްތައް  ހަވާލުވެ  ހުންނަ  ވެރިއެއްގެ  ލަފާގެދަށުން  ސުޕަވައިޒްކޮށް،  މަސައްކަތު  މީހުންގެ  ޑިއުޓީތަކާއި  މަސައްކަތްތައް  ބަހައި،  އެ  މަސައްކަތްތައް  ހަވާލުކޮށް،  މަސައްކަތް  ހިންގާ  ނުހިނގާގޮތުގެ  މަޢުލޫމާތު  މެނޭޖްމަންޓަށް  ފޯރުކޮށްދިނުން.

5- ކްލާސްރޫމްތަކާއި އެހެނިހެން ތަންތަކުގެ ބޮކިތަކާއި ފަންކާއާއި ފަރުނީޗަރުތަކުގެ ހާލަތު ބަލައި، މަރާމާތާ ގުޅޭ ކަންކަން ބަޖެޓް ސެކްޝަނާ ގުޅައިގެން ކުރުން.

6- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 4 ފެބުރުވަރީ 2016 އާއި 15 ފެބުރުވަރީ 2016 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ސުންގަޑި:

2016 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ ވެބްސައިޓް www.muhyiddinschool.edu.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  • ތަޖުރިބާގެ ލިޔުންތައް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެެވެ.

15 ރަބީޢުލްއާޚިރު 1437 

25 ޖަނަވަރީ 2016
ހޯދާ