ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ބައެއް ކުޅިވަރުތައް ކޯޗްކޮށްދީ ފެސިލިޓޭޓްކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ދަަރިވަރުންނަށް ތިރީގައި މިދަންނަވާ ކުޅިވަރުތައް ކޯޗްކޮށްދިނުމާއި އެކުޅިވަރުތައް މި ސްކޫލުގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ނެޓްބޯޅަ
  • ބާސްކެޓް ބޯޅަ
  • ފުޓްބޯޅަ
  • ވޮލީބޯޅަ
  • ބެޑްމިންޓަން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

10 ރަބީޢުލްއާޚިރު 1437

20 ޖަނަވަރީ 2016
ހޯދާ