ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އާ ކޯހަކަށް އިޢުލާން ކުރުން

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 20 ޖަނަވަރީ 2016 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީޗައިލްޑްހުޑް)

އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީޗައިލްޑްހުޑް)

ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (އާރލީޗައިލްޑްހުޑް)

ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީޗައިލްޑްހުޑް) - އޮނަރސް

Advanced Diploma in Education (Early Childhood)

Bachelor of Education (Early Childhood)- Honours

1.     

 

މުއްދަތު: ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް): 1 އަހަރު (2 ސިމެސްޓަރ)

      އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް): 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (އާރލީ ޗައިލްޑްހުޑް): 3 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް) )އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ-  ބްލޮކްމޯޑް، (60 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. ބެޗްލަރ އޮފް އެޑިއުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ.ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން ފުރިހަމަކޮށްފައިވުން.

 

2 . ބެޗްޗަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ – ހަވީރު ދަންފަޅި،

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. ހިސާބު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރުދުވަހު، ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ސާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

21 ޖަނަވަރީ 2016
ހޯދާ