ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
މަޤާމް: |
އިންޖީނު އޮޕަރޭޓަރު |
ވަޒީފާގެ ދާއިރާ: |
އއ. ރަސްދޫ އިންޖީނުގެ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: |
-/4،900 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
- ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ - މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއެކު، ދާއިރާއާ ގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00 |
- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ. - މި މަޤާމަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެގުމަށްފަހު، އެ ފޯމު ފުރިހަމަކޮށްފައި، ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިން ވެސް ޑައުންލޯޑް ކުރެވޭނެއެވެ. - އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. |
|
9 ރަބީޢުލްއާޚިރު 1437 |