މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ހެލްތް އެންޑް ސޭފްޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އެރޮޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

ޝަރުޠު:

  • ގުޅުންހުރި ދާއިރާއަކުން (އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ، ޕަބްލިކް ހެލްތް، ޕްރައިމަރީ ހެލްތް ކެއަރ އެންޑް އެންވަޔަރަންމެންޓަލް ހެލްތް އެންޑް އޭވިއޭޝަން ސޭފްޓީ ފަދަ ދާއިރާއަކުން) ބެޗެލަރސް ޑިގްރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މިދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ދާއިރާގައި މަދުވެގެން 05 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

  • އުމުރު: 20 - 40 އަހަރާ ދެމެދު.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކޮށް، ލިޔެކިޔަން އެނގުންް.

    މުސާރައާއި އިނާޔަތްތައް: މަހަކު -/13,000 އާއި -/14,000 ރުފިޔާއާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް (އޯ.އެޗް.އެސް.އެމް.އެސް) އާ އެއްގޮތަށް ކަންތައްތައް ކުރެވޭތޯ ބެލުން.

  • ހެލްތް އެންޑް ސޭފްޓީ ގަވާއިދުތަކާއި ހަމަޖެހިފައިވާ އުސޫލުތަކާއި އަދި މިންގަނޑުތަކަށް ނުފެތޭގޮތަށް ހުންނަ ކަންތައްތައް ފާހަގަކޮށް އެކަންކަމުގެ ރިޕޯޓް ތައްޔާރުކުރުން.

  • ހެލްތް އެންޑް ސޭފްޓީއާ ގުޅުންހުރި ތަޙުޤީޤު، އިންސްޕެކްޝަން އަދި އޯޑިޓް ކުރުމަށް އެހީތެރިވުން.

  • އޯ.އެޗް.އެސް.އެމް.އެސްގެ ހަރަކާތްތައް ރަނގަޅަށް ލޮގްކޮށް، އެކަމާގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަޤާމް :ކޮލިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އެރޮޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

ޝަރުޠު:

  • ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު މިދާއިރާގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޭވިއޭޝަން ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • އުމުރު: 20 - 40 އަހަރާ ދެމެދު.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކޮށް، ލިޔެކިޔަން އެނގުންް.

މުސާރައާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/12,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް (ކިއު.އެމް.އެސް)ގެ ދަށުން ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިކޯޑުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.

  • ކުންފުނީގައި ކުރެވޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދިނުން. 

  • ކިއު.އެމް.އެސް އާ ގުޅޭ އެންމެހާ ތަމްރީނުތައް ރާވައި ހިންގުމަށް އެހީތެރިވުން.

  • ސަރވިސް ކޮލިޓީ އަދި ކަސްޓަމަރ ސެޓިސްފެކްޝަން މޮނިޓަރކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.
  • ކޮލިޓީ މެނުއަލް މުރާޖަޢާކުރުމާއި، އަޕްޑޭޓްކުރުން އަދި އެ މެނުއަލް ލިބެންޖެހޭ ފަރާތްތަކަށްް ލިބޭނޭގޮތް ހަމަޖައްސައިދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 03 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:     

  • ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް
  • މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 ޖަނަވަރީ 2016
ހޯދާ