ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ ވޭރިއަބަލް ފްރީކުއެންސީ ޑުރައިވް ފޯރުކޮށްދިނުމާއި، ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ ވޭރިއަބަލް ފްރީކުއެންސީ ޑުރައިވް ފޯރުކޮށްދިނުމާއި، ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 50 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑުރައިވް ފޯރުކޮށްދިނުމާއި، ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60ADM/2016/13 އިޢުލާނުގެ ސްކޯޕަށް ބަދަލު އައުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 މަސައްކަތް:          ކ.ފުނަދޫގައި ބޭނުންކުރާ ޕަންޕުތަކުގައި އެޅުވުމަށް ބޭނުންވާ 50 ކިލޯވޮޓް އަދި 75 ކިލޯވޮޓްގެ ވޭރިއަބަލް ފްރީކުއެންސީ ޑުރައިވް ފޯރުކޮށްދިނުމާއި، ހަރުކުރުން

 މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

 ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުލައްވާ ބޭފުޅުން 2016 ޖަނަވަރީ 31 ވާ ދުވަހު 1300 ގެ ކުރިން އެސް.ޓީ.އޯ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ފެބުރުވަރީ 1 ވަނަ ދުވަހު 10:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކ.ފުނަދޫގައި އޮންނާނެއެވެ.

 ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ފެބުރުވަރީ 2 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ފެބުރުވަރީ 3 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 8 ވަނަ ދުވަހު 14:00 ގައި  އެސް.ޓީ.އޯ ހެޑު އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344371, 3344374

ފެކުސް:  3344633

އީމެއިލް: [email protected]

10 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016
ހޯދާ