ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު (ވަގުތީ)

ކޮންޓްރެކްޓްގެ މުއްދަތު: 1 (އެކެއް) އަހަރުދުވަސް

ބޭނުންވާ އަދަދު: 3 (ތިނެއް) (18 އަހަރު ފުރި، 55 އަހަރު ނުފުރޭ ފަރާތްތަކުން)

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް:   އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ފުޓްބޯޅަދަނޑު)

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

2- ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތަކުގެ ޚުލާޞާ.

1- ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން.

2- ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑިއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން.

3- ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން.

4- ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެމަތިން އިތުރުގަޑީގައި މަސައްކަތްކުރުން.

5- މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ، ކައުންސިލުން ކަނޑައަޅާގޮތަކަށް އެ މަސައްކަތުގައި ބައިވެރިވުން.              

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތައުލީމާއި، ތަމްރީން، މަސައްކަތު ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް، މި ބައިތަކުން އެންމެ މަތިން ސްކޯކުރާ ފަރާތް (މެރިޓް އުޞޫލުން)

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިޔު  އޮންނާނީ،  2016  ޖަނަވަރީ  26  ން  ފެށިގެން  ރަސްމީ  3 ދުވަހުގެ  މުއްދަތަށް  ކުޑަހުވަދޫ  މަލްޓިޕާޕަސް  ބިލްޑިންގުގައެވެ. ވަޒީފާއަށްއެދޭ  ފަރާތްތަކުން،  އިންޓަވިއުގެ  މުއްދަތުގައި  މި ރަށުގައި  ހުންނަންވާނެއެވެ. އިންޓަވިއުގެ  މުއްދަތުގައި  ރަށުގައި  ނޫޅޭ  ފަރާތްތަކާ  އިންޓަވިއު ނުކުރެވިގެން  އެފަރާތެއްގެ  ވަޒީފާ  ގެއްލުމުގައި  މި  އިދާރާއިން  ޒިންމާއެއް  ނުވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ ރުފިޔާ

އެލަވަންސް: މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

8. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު: މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު، އެ ލިޔުންތަކުގެ އަޞްލު ގެނެސް، ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށްފައި މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށްފައި ތާރީޚު ޖަހައިގެންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760667 އެވެ. އީ މެއިލްކުރާނީ، [email protected] އަށެވެ.

 7 ރަބީޢުލްއާޚިރު 1437

17 ޖަނަވަރީ 2016
ހޯދާ