ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

7 ޖަނަވަރީ 2016 ގައި ކުރެވުނު  IUL)GS-203/2016/02) ނަންބަރުގެ އިޢުލާނާ ގުޅިގެން ފޯމުށަހެޅި ފާރަތްތަކުން ފަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަޔަށް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

1 (އެކެއް)

ބޭނުންވާ އަދަދު:

229420

މަޤާމު ނަންބަރު::

މަސައްކަތު (ކޮންޓްރެކްޓް)

މަޤާމު:

ގދ. ހޯނޑެއްދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ހޯނޑެއްދޫ ސްކޫލް

އޮފީސް:

 މަޤާމް

ސީ.އެސް ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު (ކޮންޓްރެކްޓް)

އެސް. އެސް. 1

ސަޕޯޓް ސްޓާފް  ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

-/3،100 ރުފިޔާ

-/1،000 ރުފިޔާ

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.
  • ގޯތިތެރެއާއި މަގުމަތި ސަރަހައްދުން ކުނިނަގައި، ވިނަނޮޅައި، ސާފުކުރުން.
  • ސްކޫލުގެ އޮފީހާއި، ސްޓާފް ރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިޔުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާއާއި، އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން.
  • ބައްދަލުވުންތަކަށް ހޯލު އެތުރުން.
  • ސުޕަވައިޒަރުންނާއި ޓީޗަރުންނަށް ދަންނަވައި، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ކުރުން.
  • ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން.
  • ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

 ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންވީ ގޮތް:

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން.

 

ސުންގަޑި:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސުކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

- އިންޓަވިއު އޮންނާނީ، 28 ޖަނަވަރީ 2016 އާއި 31 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި ގދ. ހޯނޑެއްދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983089 ނަންބަރު ފޯނާއެވެ.

9 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ