ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކްޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސޭލްސް އެގްޒެކްޓިވް

މަޤާމުގެ ރޭންކް:

AS 4

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ސޭލްސް

މުސާރައާއި އެލަވަންސް:

މަހަކު -/9،450 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

ގުޅޭ  ދާއިރާގެ  ޑިޕްލޮމާއެއް  އޮތުން  ނުވަތަ  ޖީ. ސީ. އީ. އޭ ލެވެލް  އިމްތިޙާނުން  4 (ހަތަރެއް)  މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި ކުންފުނީގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކަށް ސްޕޮންޝަރޝިޕް ހޯދަންޖެހޭ ރޭޓް ކާޑު ތަކާއި ޕްރެޒެންޓޭޝަންތައް ހަދައި، ކްލައިންޓުންނާ ބައްދަލުކޮށް، މި ޕްރޮގްރާމްތައް ވިއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސޭލްސް ޑިޕާޓްމަންޓުން ހަވާލުކުރެވޭ މަސައްކަތްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލާ ސެޓްފިކެޓެއްނަމަ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

9 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ