ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ލ.ހިތަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ލ.ހިތަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސަފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއާއި، އައި.ޑީ.ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ