ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކޯސްތަކުގެ މުޤައްރަރު އެމް. ކިޔު. އޭ އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވައިލުން

އިޢުލާން

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި މިހާރު ހިންގަމުންދާ،

1- ޤާރީކޯސްތައް

2- ޤުރްއާން މުދައްރިސް ކޯސްތައް

3- އިމާމުން ތަމްރީނު ކުރާ ކޯސްތައް

4- ޢަރަބިބަހުގެ ކޯސްތައް

މި ކޯސްތަކުގެ މުޤައްރަރުތައް އެމްކިޔޫއޭ އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވައިލުމަށް ވަނީ ބޭނުންވެފައެވެ. މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ފަރާތެއްގެ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ ބަޔާންކުރައްވައި މި ޖަނަވަރީމަހުގެ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި ކަމަށް އެކަށީގެންވާ ފަރާތެއް ހޮވާނީ، މި ހުށަހެޅުއްވުންތައް ވަޒަން ކުރުމަށްފަހު ބާއްވާ ބަސްދީގަތުމުގެ ނަތީޖާއަށް ބަލައިފައެވެ.

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ