މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގައު މެޝިން މަރާމާތު ކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ގައު މެޝިން މަރާމާތު ކުރުން

ކ.ތިލަފުށީގައި ހުރި މި ކޯޕަރޭޝަންގެ ގައު އަޅާ ބޮޑުމެޝިން މިހާރު ހުރި ހާލަތު ދެނެގަނެ، މަރާމާތު ކުރަންޖެހޭނަމަ، ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2016/02ފ(11 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު:  9603320657+، 9609911606+

ފެކްސް ނަންބަރު: 9603317133+

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ