ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހދ. އަތޮޅު ކައުންސިލް އިދާރާގެ ލޯންޗް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު: IUL)226-A/PRIV/2015/49)ފ(20 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތައް އަގުބޮޑުކަމަށް ފެންނާތީ، ބިޑްތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ހދ. އަތޮޅުކައުންސިލް އިދާރާގެ "މާރެސް" ލޯންޗް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 31 ޖަނަވަރީީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އެސްޓިމޭޓްް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 03 ފެބުރުވަަރީ 2016 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ