ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ހިނގަމުން އަންނަ މ. ޝިޕްޕްލާޒާގައި، މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައިވާ މަސައްކަތްތައް ކުރަން ބޭނުންވެއެވެ.
- ސީލިންގ ބަދަލުކުރުން.
- އޭސީ ހަރުކުރުމާއި މަރާމާތުކުރުން.
- ޕާޓިޝަން ޖެހުން.
- ސައުންޑް ޕްރޫފް ބިތްގަނޑު ޖެހުން.
- އެލްމެނިއަމް ދޮރުތަކުގެ ހުޅު ބަދަލުކުރުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ކޮމިޝަނުގެ ޓްރެއިނިންގ އިންސްޓިޓިއުޓް (މާފަންނު ޝިޕްޕްލާޒާގެ 2 ވަނަ ފަންގިފިލާ) ގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
28 ޖަނަވަރީ 2016 |
ބުރާސްފަތި |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
04 ފެބުރުވަރީ 2016 |
ބުރާސްފަތި |
14:00 |
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
- ފޯން: 3307314
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv
09 ރަބީޢުލްއާޚިރު 1437