ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫގައި ޤާއިމުކުރާ ފެންޕްލާންޓާ ގުޅޭ:
ގދ. ތިނަދޫގައި 300m3ގެ ފެންޕްލާންޓެއް ފަރުމާކޮށް ހެދުމަށްފަހު، އިންސްޓޯލް ކުރުމުގެ މަސައްކަތް މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ގދ.ތިނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 01 ވާ ހޯމަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ގދ.ތިނަދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
11 ރަބީޢުލްއާޚިރު 1437