ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ސިކިއުރިޓި އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސިކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އޮތް އޮފީސް:  

ނ. ލަންދޫ ސުކޫލް

ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެޑްމިން ސެކްޝަން، ނ. ލަންދޫ ސުކޫލް

ކޮންޓްރެކްޓުގެ މުއްދަތު:

11 (އެގާރަ) މަސްދުވަސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލުގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތިވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ  ސިކިއުރިޓީ (ސްކޫލުން ކަނޑައަޅާގޮތެއްގެމަތީން) ބެލެހެއްޓުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ އޮފީސް:

ނ. ލަންދޫ ސްކޫލް، ނ. ލަންދޫ

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާގޮތަށް ލިބިފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސިކިއުރިޓި އޮފިސަރ 

 

ސަޕޯޓިންގ

ސްޓާފް  ގްރޭޑް 1

އެސް. އެސް.1

  1. އަސާސީ ތަޢުލީމު މިންވަރަށް ތަކެތި ދަތުން.

 

4000.00

 

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ކައުންސިލިންގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ. 
  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު އޮންނާނެ ތަން:

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، 2016 ޖަނަވަރީ 27 ވަނަ ދުވަހު ނ. ލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖަނަވަރީ 26 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:30 ގެ ކުރިން، ނ. ލަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ވެސް ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭނޭހެން)
  5. މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.
  7. ސިވިލް  ސަރވިސްއަށް  ނުވަތަ  ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނޯޓް:

ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނ. ލަންދޫ ސްކޫލުގެ 6560576 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

 7 ރަބީޢުލްއާޚިރު 1437

17 ޖަނަވަރީ 2016
ހޯދާ