ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
އިސްލާމް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

4 ޖަނަވަރީ 2016 ގައި މި ސްކޫލުން ކުރި GS55/IU/2016/01 ނަންބަރުގެ އިޢުލާނުގައިވާ 3 ރިލީފު ޓީޗަރުން މިވަގުތު މި ސްކޫލަށް ބޭނުންނުވާތީ، އެ އިޢުލާން ބާޠިލުކޮށްފައި، އިސްލާމް ޓީޗަރަކު ހޯދުމަށް އިޢުލާންކުރީމެވެ.

މަޤާމު: އިސްލާމް ޓީޗަރ

މަޤާމުގެ ނަންބަރު:  -

މަޤާމުގެ ގިންތި: ވަގުތީ

ބޭނުންވާ އަދަދު: 1 (އެކެއް)  

ސަރވިސް: ޕްރޮފެޝަނަލް އޭ

ސަރވިސް އެލަވަންސް: -

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ ސްކޫލް، ތ. ކިނބިދޫ

މުސާރަ:

  1. ޑިޕްލޮމާއިން ޓީޗިން ސެކަންޑަރީ އިސްލާމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް މުސާރައިގެގޮތުގައި -/7070 ރުފިޔާއާއެކު، -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.
  2. މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް މުސާރައިގެގޮތުގައި -/5780 ރުފިޔާއާއެކު، -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.
  3. އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީ ފައިސާ، ސިވިލް ސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1. ޑިޕްލޮމާއިން ޓީޗިންގ ސެކަންޑަރީ އިސްލާމް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށް، އިސްލާމް މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނޯޓް: ކަރިކިއުލަމް ވޯރކްޝޮޕުގައި ބައިވެރިވެ، ތަމްރީނުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ގުރޭޑް 8، 9، 10 ގެ އިސްލާމް ކިޔަވައިދިނުން.
  2. ސްކީމް، ލެސަން ޕްލޭން ހެދުމާއި، ޓީޗިން އެއިޑްސް ހެދުން.
  3. ޓެސްޓްޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.
  4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ރޭވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކުރެވިފައިވާ ކޮޕީ)

3- ވަޒީފަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކިނބިދޫ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ ނަންބަރު 6780095 ފޯނާ ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

 8 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ