ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީއަށް، ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ސީނިއަރ އޮފިސަރ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ:

ފައިނޭންސް ސެކްޝަން/ކޯޕަރޭޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/6،295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)

ޢިނާޔަތްތައް:

- ފުޑް އެލަވަންސް: -/35 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)

- ވަޒީފާއާބެހޭ ޤާނޫނުގެދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން ޢިނާޔަތްތައް.

- ސީ. އެމް. ޑީ. އޭ. ގައި މަސައްކަތްކުރާތާ އެއްއަހަރުދުވަސްވުމުން އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ، 10 އަހަރުދުވަސް ވަންދެން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

- ބިޒިނަސް ފައިނޭންސް، އެކައުންޓިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ބިޒިނަސް،  ފައިނޭންސް  އެކައުންޓިންގ  ނުވަތަ  ގުޅުންހުރި  ދާއިރާއަކުން  ޑިޕްލޮމާ  ނުވަތަ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ފައިނޭންސް ސެކްޝަނުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

- ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

- އެޕްލިކޭޝަން ފޯމު.

- ކަރިކިއުލަމް ވިޓާ (ސީވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)

- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެެެ 14:00 ގެ ކުރިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން ފޯމާއި) ހުށަހަޅަންޖެހޭ ލިޔުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.  އެޕްލިކޭޝަން ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން، އޮތޯރިޓީން ކަނޑައަޅާ މަޢުޟޫއެއްގެ މައްޗަށް ބިނާކޮށް ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، މިއޮތޯރިޓީން ކަނޑައަޅާ ލިޔުމެއް، ދިވެހިބަހަށާއި އިނގިރޭސިބަހަށް ތަރުޖަމާކުރަންވާނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހުު، ވޭތުވެދިޔަ 5 އަހަރުދުވަހު ކުށުގެ އެއްވެސް ރެކޯޑެއް ނުވާނަމައެވެ.

ނޯޓު:

ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް:

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމއެއިލް: [email protected] 

ވެބްސައިޓް: www.cmda.gov.mv

4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ