މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަމަނަވެށީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރަޖިސްޓާރޑް ނާރސް

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ދަމަނަވެށި

ޑިވިޝަން / ސެކްޝަން

ޑައިގްނޯސްޓިކް އެންޑް ތެރަޕިއުޓިކް ސަރވިސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑައިގްނޯސްޓިކް އެންޑް ތެރަޕިއުޓިކް ސެކްޝަނުގެ އެންމެހައި މަސައްކަތްތައް އިސްކޮށް ކުރަމުން ގެންދިއުމާއި، ދަށުން މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނާއި ހަވާލު ކުރެވިފައިވާ މަސައްކަތްތައް އިންތިޒާމުކޮށް ކުރުން.
  2. ޑައިގްނޯސްޓިކް އެންޑް ތެރަޕިއުޓިކް ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުމާއި، ބޭނުންވާ ތަކެއްޗަށް ރިކްއެސްޓްކޮށް ހޯދުން.
  3. ދަމަނަ ވެށީގެ ބަލިމީހުން ބަލާ ކޮޓަރިތަކާއި، ޓްރީޓްމަންޓް ރޫމް، އޮބްޒަވޭޝަން ރޫމް އަދި ނަރުހުންގެ ޖަގަހައިގެ ސާފުތާހިރުކަން ބަލައި ޗެކްކުރުމާއި، އިންފެކްޝަން ކޮންޓްރޯލް ޕްރޮޓަކޯލާއި އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި އިންފެކްޝަން ކޮންޓްރޯލްކުރުމާ ބެހޭގޮތުން ޕްރޮގްރާމްތައް ރާވައި ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބޭއްވުން.
  4. އިމަރޖެންސީ ހާލަތްތަކުގައި ރިފަރކުރާ ބަލިމީހުންގެ އެންމެހައި ކަންތައްތައް އިސްކޮށް ކުރުން.
  5. ބަލި ހާލު ހުރިގޮތުން ހިނގައި ބިނގައިވެ ނޫޅެވޭ ބަލިމީހުންނަށް ބެޑް ކެއަރ ދިނުމާއި އެފަދަ ބަލި މީހުން ބަލަހައްޓާނެ ގޮތާ ބެހޭ ގޮތުން ޢާއިލާއަށް މަޢުލޫމާތު ދިނުންން.
  6. OPD އަށް އަންނަ ބަލިމީހުންނަށާއި، އޮބްޒަވޭޝަން ރޫމްގައި އެޑްމިޓް ކުރެވިފައިވާ ބަލި މީހުންނަށް ޚިދުމަތް ކުރުމުގައި ޑޮކްޓަރުންނަށް އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ

ނާރސިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީވެފައިވުން.

މަގާމު

ރަޖިސްޓާރޑް ނާރސް

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ދަމަނަވެށި

ޑިވިޝަން / ސެކްޝަން

އެމް. އެޗް. ސީ ސަރވިސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެޓާރނަލް އެންޑް ޗައިލްޑް ހެލްތު ސަރވިސަސް ގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ރާވައި ހިންގުން.
  2. މާބަނޑު މީހުންނަށް ބޭނުންވާ އެންޓިނޭޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގަވާއިދުން އެންޓިނޭޓަލް ކްލިނިކް ހިންގުން.
  3. ވިހެއުމަށްފަހު މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯސްޓްނޭޓަލް ކްލިނިކް އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4. ދަރިމައިވުމާއި ޢާއިލާ ރޭވުމާބެހޭ މަޢުލޫމާތާއި ޢާއިލާ ރޭވުމުގެ ވަސީލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހޯދާ އެޗް.ޕީ.އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  5. 5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގެ ޚިދުމަތް ދިނުން އަދި މީގެ ތެރެއިން ޑިލޭޑް މައިލްސްޓޯން އަދި އުމުރާ ގުޅޭގޮތުން އިސްކޮޅާއި ބަރުދަން އިތުރު ނުވާ ކުދިން ދެނެގަތުމާއި އެ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގ ދިނުން އަދި ސްޕެޝަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ކުދިން ރިފަރ ކުރުން.
  6. ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ސްކްރީން ކުރުމާއި މި ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.
  7. ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތަކާއި ތަފާސްހިސާބުތަކާއި ލިޔުންތައް ތައްޔާރު ކުރުން.

ތަޢުލީމާއި ތަޖުރިބާ

ނާރސިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލުގައި ރަޖިސްޓަރީވެފައިވުން.

ނޯޓު: މިޑްވައިފަރީ ހައްދަވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމު

ކައުންސެލަރ

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އޮފީސް

ދަމަނަވެށި

ޑިވިޝަން / ސެކްޝަން

ލައިފްސްޓައިލް ޑިސީސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ މީހުންނާއި، ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ގުރޫޕް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން، އަދި ސެކްޝުއަލް ރީޕްރޮޑަކްޓިވް ހެލްތާއި އެޗް.އައި.ވީ ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރޭޝަނަލައިޒް ނޮންކޮމިއުނިކަބަލް ޑިސީސްއާބެހޭ ކައުންސެލިންގ ދިނުމުގައި ކްލައިންޓުންގެ ޑައިޓިރީ ޑިސިޕްލިންގއާއި ސޯޝަލް އެކްޓިވިޓީސްތައް ބެހެއްޓިފައި ހުންނަގޮތުގެ މަޢުލޫމާތުތައް ޓޮބޭކޯ ސިސޭޝަން ކްލިނިކުގައި ރަޖިސްޓަރީކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކްގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ފަހުކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

14 ޖަނަވަރީ 2016
ހޯދާ