މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
އެކިއެކި ކުށްކުށުގެ ތުހުމަތުގައި މިސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެކިއެކި ކުށްކުށުގެ ތުހުމަތުގައި މި ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތައް ބޭނުންކުރުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

#

ބޭނުންވާ ތަކެތީގެ ތަފްސީލް

ބޭނުންވާ އަދަދު

01

ތުވާލި (2 ފޫޓް 4 ފޫޓް)

5000

02

ސައިބޯނި (އާދައިގެ)

5000

03

ޕެކެޓް ދަތްއުގުޅާބޭސް 25  ގްރާމް

5000

04

ދަތްއުގުޅާ ބުރުސް (އެޑަލްޓް ސައިޒް)

5000

05

ޕެކެޓް ކޮޓެކްސް ( ޕެޑް އާދައިގެ)

400

06

 )11.5، 11، 10ފައިވާން ( އާދައިގެ، ސައިޒް

1500

07

ރޭޒަރު (ޑިސްޕޮޒިބަލް)

9000

08

ކުނާ (3 ފޫޓް  6 ފޫޓް)

3000

09

މުންޑު (60  60 ގެ)    

1500

10

ބާލީސް އުރަ (23  15 އިންޗި)

5000

11

ބާލީސް (21  14 އިންޗި)

4000

12

ސައިބޯ ޖޯޑް (ޕްލާސްޓިކް / 04 އިންޗި)

2500

13

ބަތްކާތަށި (ޕްލާސްޓިކް /  10- 08 އިންޗި)

3200

 

 

 

 

 

 

 

 

 

 

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2016 ޖަނަވަރީ 21 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 01 ވާ ހޯމަ ދުވަހުގެ 11:30 މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

13 ޖަނަވަރީ 2016
ހޯދާ