ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

2016 ވަނައަހަރު މި ޔުނިވަރސިޓީގައި، ތިރީގައިމިވާ ދާއިރާތަކުން ކޮންޓްރެކްޓް އުސޫލުން ކިޔަވައިދޭނެ އެސިސްޓެންޓް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

22 (ބާވީސް)

 

މުސާރަ:

  1. ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް): -/200 ރުފިޔާ
  2. އެސައިންމެންޓް: މާކުކުރާ އެސައިންމެންޓަކަށް -/15 ރުފިޔާގެ ރޭޓުން.
  3. ޕޭޕަރ މާކިންގ: މާކުކުރާ ޕޭޕަރަކަށް -/15 ރުފިޔާގެ ރޭޓުން.

މަޤާމު އޮތް އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ/ މާލެ

ސެކްޝަން/ ޔުނިޓް:

ކުއްލިއްޔާތައް / ސެންޓަރުތައް

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ކަނޑައެޅިފައިވާ ގޮތުގެމަތިން އެކިފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.

2- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކުރުމާއި އެސެސްކުރުން.

3- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.

4- ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް  ސެޝަންތައް ހިންގުން.

5- ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން ދަރިވަރުންނާއެކު މަޝްވަރާތައް ބޭއްވުން.

6- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ އަދި ޖިސްމާނީ  ދުޅަހެޔޮކަމަށް އަޅާލުން.

7- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިއުލަރއާއި އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާއަށް އެހީތެރިވުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،  ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2- ކިޔަވައިދޭ  މާއްދާ  ނުވަތަ  މާއްދާތަކުގައި  ކިޔަވައިދޭ  ބައިތަކާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ ދާއިރާ އަދަދު:

މާއްދާ

ބޭނުންވާ އަދަދު

- ނަޙޫ

- އައްތަރުބިއްޔާ އިސްލާމިއްޔާ

- ތަޢުބީރު

- އައްޘަޤާފާ އިސްލާމިއްޔާ

- އައްޞަރުފް

- އަލްފިޤްހު އަލްޢާންމު

- އަލްފިއްޔާ އިބްނި މާލިކް

- އަލްޤިރާއާ ވަލްކިތާބާ

- އަލްޤިޔާސް ވައްތަޤުވީމް

- އައްލުޣާ އަލްޢަރަބިއްޔާ

- ދިރާސާ ތަޠުބީޤިއްޔާ ވަތަޙުލީލިއްޔާ

- ދުރޫސުއްލުޣާ އަލްޢަރަބިއްޔާ

- ޠުރުޤު ތަދުރީސް މާވާދުއްލުޣަތުލް ޢަރަބިއްޔާ  

- މީރާސް 1

- ކޮންޓެންޕަރަރީ އިޝޫސް

- އިންގްލިޝް ފޯރ ލޯ

- ލީގަލް ސްކިލްސް އެންޑް ރިސާރޗް މެތޮޑޮލޮޖީ

- އިސްލާމިކް ކްރިމިނަލް ލޯ 2

- ކޮމާޝަލް ލޯ

- ކްރިމިނަލް ލޯ 1

- ކްރިމިނަލް ލޯ 2

- ކޮންސްޓިޓިއުޝަނަލް ލޯ

- އިންޓަރނޭޝަނަލް ލޯ 1

- އިންޓަރނޭޝަނަލ ްލޯއޮފްދަސީ

- ލޯ އޮފް ޓޯރޓް 1

- ލޯ އޮފް ޓޯރޓް 2

- ޢަރަބިކް ލޭންގުވޭޖް

- އިންޓްރޮޑަކްޝަން ޓު ލޯ

- މީރާސް 1

- މީރާސް 2

- އިސްލާމިކް ފެމިލީ ލޯ 1

- އިސްލާމިކް ފެމިލީ ލޯ 2

- އުޞޫލުލް ފިޤްޙް 2

- ސިވިލް ޕްރޮސެޖަރ

- ލޭންޑް ލޯ

- ލޯ އޮފް އިކުއިޓީ

- ލޯ އޮފް ކޮންޓްރެކްޓް 1

- ލޯ އޮފް ކޮންޓްރެކްޓް 2

- ކޮމްޕަލްސަރީ މޫޓް

1

1

3

2

1

1

1

2

1

5

1

2

1

1

1

1

2

2

1

2

2

1

1

1

1

1

4

1

1

2

2

3

1

1

1

1

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަތީގައިވާ ޝަރުޠުތަކުގެ އިތުރުން، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން. ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ތަޖުރިބާހުރުން، ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.   

 

 

ހުށަހަޅަންޖެހޭ ތަކެތި:

 

1- ފުރިހަމަކޮށްފައިވާ، ރިސޯސް ލެކްޗަރަރުން ފުރިހަމަކުރަންޖެހޭ ފޯމު (ފޯމު، ޔުނިވަރސިޓީގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ) 

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ވަނަވަރު (ސީވީ)

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ  ތާރީޚު:

2016 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޔުނިވަރސިޓީގެ އިދާރާއަށް (މަޤާމުތަކަށް މީހުން ހަމަނުވާނަމަ، މުއްދަތު ހަމަވިޔަސް ފޯމު ބަލައިގަނެވޭނެއެވެ.)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ޔުނިވަރސިޓީގެ 3322718 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ