ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުން

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުން.

ދިވެހި ސަރުކާރުގެ ޚަރަދުގައި ނިލަންދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތުގެ އެތެރޭގައި ހަދާ ޢިމާރާތާއި ގޯތީގެ ވަށާފާރު ރޭނުމަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން

21 ޖަނަވަރީ 2016

11:00 ގައި

އަންދާސީހިސާބު ހުށަހެޅުން

24 ޖަނަވަރީ 2016

11:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތްނޫން އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރު ކުރިން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ